ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޖަމާޢަތްތެރި ކޯހުގައި ފިޤްޙު، ޘަޤާފާ، ޢަމަލީ ތަޖުރިބާ، ޤުރްއާން މި ހަތަރު މާއްދާ ކިޔަވައި ދެއްވާނެ (ރިސޯސް) ލެކްޗަރާއިން ބޭނުންވެއްޖެ

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން 2015 ފެބުރުއަރީ މަހު ޏ. ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޖަމާޢަތްތެރި ކޯހުގައި ފިޤްޙު، ޘަޤާފާ، ޢަމަލީ ތަޖުރިބާ، ޤުރްއާން މި ހަތަރު މާއްދާ ކިޔަވައި ދެއްވާނެ (ރިސޯސް) ލެކްޗަރާއިން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:   4

މުސާރަ:       ނަގައިދޭ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ޝަރުޠު:       މާއްދާއާގުޅޭ ދާއިރާއަކުން ޑިޕްލޮމާއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުއްދަތު:       2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 08 ފެބުރުއަރީ 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

06 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ