މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ވައިފައި ކޮންޓްރޯލާ އަދި އެކްސެސް ޕޮއިންޓްތަކުގެ ސަޕޯޓް ލައިސެންސް އައުކުރުން

     މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ވައިފައި ކޮންޓްރޯލާ އަދި އެކްސެސް ޕޮއިންޓްތަކުގެ ސަޕޯޓް ލައިސެންސް 1 (އެކެއް) އަހަރު ދުވަހަށް އައުކޮށްދޭން ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

18 ޖޫން 2023

އާދީއްތަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

22 ޖޫން 2023

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

04 ޖުލައި 2023

އަންގާރަ

11:00

     މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

11 ޖޫން 2023
ހޯދާ