ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އިމާމު ކޯސް ލެވެލް 1 ގައި ފިޤްޙު، ޘަޤާފާ، ޢަމަލީ ތަޖުރިބާ، ޤުރްއާން މި ހަތަރު މާއްދާ ކިޔަވައި ދެއްވާނެ (ރިސޯސް) ލެކްޗަރާއިން ބޭނުންވެއްޖެ

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން 2015 ފެބުރުވަރީ މަހު ސ. މަރަދޫ ގޮފީގައި ހިންގުމަށް ހަމަޖެހިފައިވާ އިމާމު ކޯސް ލެވެލް 1 ގައި ފިޤްޙު، ޘަޤާފާ، ޢަމަލީ ތަޖުރިބާ، ޤުރްއާން މި ހަތަރު މާއްދާ ކިޔަވައި ދެއްވާނެ (ރިސޯސް) ލެކްޗަރާއިން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:   4

މުސާރަ:       ނަގައިދޭ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ޝަރުޠު:       މާއްދާއާގުޅޭ ދާއިރާއަކުން ޑިޕްލޮމާއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުއްދަތު:       2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 08 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ.

06 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ