އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނީލަން ކިއުން

މިކުންފުނީގައި ބޭނުން ކޮށް ފައިވާ ތިރީގައިވާ މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

 # 

 މުދަލުގެ ބާވަތް

 ނީލަން ފެށޭ އަގު

 ރެޖިސްޓްރޭޝަން

 1

 ސްޕީޑް ލޯންޗް

 -/50,000

 ނެތް

 2

 ފެރީ ދޯނި

 -/20,000

 ނެތް

 3

 ބަގީ

 -/,10,000

 -

 4

 ބަގީ

 -/,10,000

 -

މިތަކެތި ނީލަމުގައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 12 ޖޫން 2023 ދުވަހުގެ 11:00 އަށް މިކުންފުނީގެ އެޑްމިން އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ޖޫން 2023 ވާ އާދިއްތަ ދުވަހު 11:00 ގައި އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމުގައި އަގު ހުށަހަޅަންވާނީ މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ފޯމް ބޭނުންކޮށްގެންނެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން  05 (ފަހެއް) ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ، 07 (ހަތެއް) ދުވަސް ތެރޭގައި ތަކެތި ގެންދެވުން އެދެމެވެ.

 

ނޯޓް: މިނީލަމުގައި ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބައިވެރިނުވެވޭނެއެވެ. އަދި ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުން، ޑިޕާޓްމަންޓް/ސެކްޝަން ތަކުގެ ވެރިން، އެސިސްޓެންޓް މެނޭޖަރުން އަދި ބޯޑްގެ މެމްބަރުންނަށް އަދި އެބޭފުޅުންގެ ޢާއިލާގެ މެމްބަރުންނަށް ބައިވެރިނުވެވޭނެއެވެ. 

 

08 ޖޫން 2023
ހޯދާ