ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުން

           މިއިދާރާއާއި ގއ.ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން 1444 ވަނަ އަހަރުގެ އަޟްހާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން  އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި؛

  • މަދަހަ ހުށަހެޅުން (ގްރޫޕް އަދި ވަކިވަކި)
  • ވާ ދެމުން (ޓީމްތަކަށް)

 

  • އީދު ބާބެކިއު އަދި ކަރޯކޭ

 

  • އީދު މަޅިލުން

 

  • ކޯޑި ޖެހުން

 

  • ސްޓޭޖް ޝޯ

 

  • ޢީދު ސައި

 

  • މުއައްސަސާތަކުގެ ބަށި މުބާރާތް (ޓީމްތަކަށް)
  • މަސް ރޭސް (ޓީމްތަކަށް)
  • ކުޑަކުދިންގެ ހަވީރު އަދި ފެޝަން ޝޯ
 

 

 

 

 

          މަތީގައި ދެންނެވިފައިވާ ޕްރޮގްރާމްތަކުގައި ރަށުގެ ކުދިބޮޑު އެންމެނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި ދަންނަވަމެވެ. ޓީމްތަކުގެ ގޮތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގައި، ޓީމްތައް ބައިވެރިކުރުވުމަށް ބޭނުންވާ ފަރާތްތަކުން، 15 ޖޫން 2023 ވާ ބްރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ޓީމް ލިސްޓް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މާދަމާއިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

                     18  ޛުލްޤައިދާ     1444

07 ޖޫން 2023
ހޯދާ