މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ރުއްތައް ކުއްޔަށްދޫކުރުން:

            ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ބާކީ ހުރިރުއްތައް އަމިއްލަފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ކޮންމެ ގޭބީސީއަކަށް ރުކެކެވެ. ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 1 އަހަރާއި 9 މަސް ދުވަހުގެ މުއްދަތަށެވެ.  ކުލީގެ ގޮތުގައި ދައްކަންޖެހޭނީ ރުކަކަށް މަހަކު -/15ރ (ފަނަރަ ރުފިޔާ) ގެ ރޭޓުން 1 އަހަރާއި 9 މަސް ދުވަހުގެ ކުއްޔަށްވާ ފައިސާ އެއްފަހަރާއެވެ.

            ރުއް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ދުވާފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ރުއްތައް ކުއްޔަށް ހިފުމަށް އެދޭ ސްލިޕް  ހުށައަޅަންވާނެއެވެ. ރުއްތައް ކުއްޔަށް ހިފުމަށްއެދޭ ފަރާތްތަކުން ސްލިޕްގައިވާ ރުއްތަކުގެ ޝީޓްގައިވާ ރުއްތަކުގެ ތެރެއިން އެގޭބީސީއަކުން ބޭނުންފުޅުވާ ރުކުގެ ނަންބަރު ޖެއްސެވުމަށް ފަހު ސްލިޕް ހުށަހެޅުއްވުން އެދެމެވެ.  އެއް ގޭބީސީއަށްވުރެ ގިނައިން ސްލިޕް ހުށައަޅާފައިވާނަމަ އެ ގޭބީސީތަކުގެ މެދުގައި ގުރުއަތު ލުމަށްފަހު ގުރުއަތުން ހޮވޭ ގޭބީސީއަކަށް ރުއް ލިބިގެންދާނެއެވެ. އަދި ސްލިޕް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ 2023 ޖޫން 15 (ބުރާސްފަތި) ދުވަހުގެ 14:00 އެވެ.

           މި މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ސްލިޕެއް ބަލައިނުގަނެވޭނެއެވެ. ރުއްތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކަށް މި އިދާރާގެ ކައުންޓަރުން މިއަދުން ފެށިގެން ސްލިޕް ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

04 ޖޫން 2023
ހޯދާ