މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޭޖެންޓް ޕޯޓަލް ލޯންޗް ކުރުމާއި ބެހޭ

އެމް.އޭ.ސީ.އެލް ކާގޯއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އޭޖެންޓް ޕޯޓަލްގެ ޚިދުމަތް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަޅުގަނޑުމެންގެ މި އޭޖެންޓް ޕޯޓަލް އަކީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްތައް ލިބޭނެހެން ފަރުމާކުރެވިފައިވާ ޕޯޓަލް އެކެވެ.  މިގޮތުން ޕޯޓަލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 01 ޖޫން 2023 ގައި ފަށައި، 15 ޖޫން 2023 ގައި އޭޖެންޓް ޕޯޓަލް ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.

އޭޖެންޓް ޕޯޓަލްއިން ލިބޭ ޚިދުމަތްތައް:

  • ޝިޕްމަންޓްތައް ޓްރެކް ކުރުން
  • ބީ.އެމް.އެލް ނުވަތަ ޕީ.ޑީ އެކައުންޓް މެދުވެރިކޮށް އޮންލައިން ޕޭމަންޓް ހެދުން
  • ކާގޯ ޕިކް އޯޑަރ ފޮރ ޑެލިވަރީ (ޕީ.އޯ) ޕްރިންޓްކުރުން
  • އިންވޮއިސް ބަލާލުމާއި ޕްރިންޓްކުރުން

އޭޖެންޓް ޕޯޓަލްގެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރ ކުރައްވާނެ ގޮތް:

  1. އެމް.އޭ.ސީ.އެލްގެ ވެބްސައިޓުން ރެޖިސްޓްރޭޝަން ފޯމް ޑައުންލޯޑް ކުރުން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯމަށް އެދިލެއްވުން.
  2. ރެޖިސްޓްރޭޝަން ފޯމުގައި ޚިދުމަތް ހޯއްދަވާ ފަރާތުގެ މައުލޫމާތާއި، ކުންފުނީގެ މައުލޫމާތު ފުރިހަމަކުރުން.
  3. ފުރިހަމަ ކުރައްވާފައިވާ ފޯމް އީމެއިލް މެދުވެރިކޮށް ފޮނުވުން.

ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމާއެކު އެމް.އޭ.ސީ.އެލް އިން އޭގައިވާ މައުލޫމާތުތައް ރިވިއު ކުރާނެއެވެ. މިގޮތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި މި ޕްރޮސެސް ނިންމުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނެއެވެ. ނަމަވެސް ޕީކް ގަޑިތަކުގައި އެކްޓިވޭޝަން ޕްރޮސެސިންގައި ލަސްތަކެއް ދިމާވުން އެކަށީގެންވެއެވެ. އޭޖެންޓް ޕޯޓަލް އެކައުންޓް އެކްޓިވޭޓް ވުމުން އެފަރާތަކަށް އީމެއިލް ނޮޓިފިކޭޝަނެއް ލިބިލައްވާނެއެވެ.

ކޮންސައިނީން ރަޖިސްޓަރ ކުރައްވާއިރު އެދެވެނީ ކޮންމެވެސް 1 ކްލިއަރިންގ އޭޖެންޓެއް ޚިޔާރުކުރެއްވުމަށެވެ. އެހެނީ، އޭޖެންޓް ޕޯޓަލްގެ ސިސްޓަމްއިން މިވަގުތު ކޮންމެ ފަރާތަކަށްވެސް އެސައިން ކުރެވެނީ 1 ކްލިއަރިންގ އޭޖެންޓެވެ. ނަމަވެސް، ކޮންސައިނީއެއްގެ ގިނަ ކްލިއަރިންގް އޭޖެންޓުން ތިބޭ ހާލަތްތަކުގައި، ކޮންމެ ޝިޕްމަންޓެއް ވަކި ވަކި އޭޖެންޓަކަށް އެސައިންކުުރުމަށް އީމެއިލް މެދުވެރިކޮށް އެދިލެއްވޭނެ ވާހަކަ ދަންނަވަމެވެ.

އޭޖެންޓް ޕޯޓަލް އާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންގެ ސަޕޯޓް ޓީމަށް ގުޅުއްވައި ކުރިއަށް ގެންދިޔުމަށް ދަންނަވަމެވެ.

އީމެއިލް: [email protected]

ފޯން ނަމްބަރ: 9603314654+   

އަޅުގަނޑުމެންގެ އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށްވުރެ އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ދެވިގެންދާނެ ކަމަށް އުންމީދު ކުރަމެވެ. އަދި މިފަދަ ކަންކަމުގައި ތިޔަ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

01 ޖޫން 2023
ހޯދާ