ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް އައިޓީ ހާރޑްވެއަރ ފޯރުކޮށްދިނުމުގެ މަސައްކަތް

މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް އައިޓީ ހާރޑްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކޮށްފައިވާ ނަންބަރު (IUL)221-ASS/221/2023/33 (22 މެއި 2023( އިއުލާނާއިގުޅިގެން މައުލޫމާތު ކަރުދާހުގައި ހުށަހަޅަންޖެހޭ ބައެއް މައުލޫމާތު ހިމެނިފައިނުވާތީ، އެ އިއުލާން ބާތިލްކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

2023 ޖޫން 04 ވާ އާދިއްތަ ދުވަހުން ފެށިގެން 2023 ޖޫން 12 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީކުރަންވާނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް: https://forms.office.com/r/J7Y5yw4HeT

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޓީއޯއާރު މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

04 ޖޫން 2023
ހޯދާ