މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ބޮޑުމަގާއި ބައެއް ސަރަހައްދުތަކުގެ ރޯޑް ލައިޓް ޕޯސްޓްޖެހުމާއި ގުޅޭ

އިޢުލާން 

ހެނބަދޫ ބޮޑުމަގާއި ބައެއް ސަރަޙައްދުތަކުގެ ރޯޑް ލައިޓް ޕޯސްޓްޖެހުމާއި ގުޅޭ


      ހެނބަދޫ ކައުންސިލް އިދާރާގެ ނަންބަރު 285/285/2023/24(IUL)އާއި ގުޅިގެން ރަށުގެ ބޮޑުމަގާއި ބައެއް ސަރަޙައްދުތަކުގައި ރޯޑް ލައިޓް ޕޯސްޓްޖެހުމުގެ މަސައްކަތައް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. 

      ވީމާ، މިކައުންސިލުން އެކުލަވާލަާފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަަށް، ރަށުގެ ބޮޑުމަގާއި ބައެއް ސަރަޙައްދުތަކުގައި ރޯޑް ލައިޓް ޕޯސްޓްޖެހުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. 

 

                        12 ޛުލްޤައިދާ 1444

                        01 ޖޫން 2023

01 ޖޫން 2023
ހޯދާ