މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޔޫ.ޕީ.އެސް، ޕްރިންޓަރ، ފޯނު، ފެކްސް މެޝިން، ސާރވަރ، އަދި ޓީވީ ގަންނަން

ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޔޫ.ޕީ.އެސް، ޕްރިންޓަރ، ފޯނު، ފެކްސް މެޝިން ، ސާރވަރ، އަދި ޓީވީ ގަންނަން ބޭނުންވެއްޖެ.

މިހޮސްޕިޓަލަށާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޔޫ.ޕީ.އެސް، ޕްރިންޓަރ، ފޯނު، ފެކްސް މެޝިން، ސާރވަރ އަދި ޓީވީ ފަދަ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ދުވަހުގެ 10:00 އަށް މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 10:00 އަށް މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިހޮސްޕިޓަލްގެ 6720605 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ