އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ / ރެސްޓޯރަންޓް / ކެންޓީން ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ބަނދަރު ސަރަޙައްދުން ހޮޓާ / ރެސްޓޯރަންޓް / ކެންޓީން / ކާބޯތަކެތި ވިއްކުމަށް ބީލަން އުޝޫލުން 2 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

 

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކާބޯތަކެތީގެ ވިޔަފާރިއަށް 2 ބިން ކުޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން

 

ބީލަމަށް ރަޖިސްޓްރީކުރުމާއި ބީލަން ފޮތް ބައްލަވައި ގަތުން

  • މި ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 28 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ [email protected]  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.         
  • ބީލަމަށް ރަޖިސްޓްރީކޮށް ބީލަން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 1000ރ ( އެއްހާސް ރުފިޔާ ) އަށެވެ. ބީލަން ފޮތް ގަތުމަށް ޚަރުދު ކުރި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ބީލަން ފޮތް ބައްލަވައި ގަނެވޭނީ ހަމަ އެކަނި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 7948087 އަށް ގުޅުއްވައި ސާފުކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:45ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.

     

                                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޖޫން 2023
ހޯދާ