މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ ޔޫ.ޕީ.އެސް އަކަށް ބޭނުންވާ ބެޓެރީ ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ ޔޫ.ޕީ.އެސް އަކަށް ބޭނުންވާ ބެޓެރީ ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

          މިސަރވިސްގައި ބެހެއްޓިފައިވާ ޔޫ.ޕީ.އެސ އަކަށް ބޭނުންވާ ބެޓެރީ ހޯދުމަށް ބޭނުންވެގެން 2023 މޭ 22 ވަނަ ދުވަހުކުރެވުނު ނަމްބަރު (IUL)93-OS/1/2023/18 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

          ވީމާ، މިސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރުމަޢުލޫމާތު ހޯދެއްވުމަށް ބޭނުންވާ ފަރާތްތަކުން 2023 ޖޫން 4 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ސަރިވިސްގެ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވުން އެދެމެވެ. ބީލަންހުށަހެޅުން އަދި ހުޅުވުން ހަމަޖެހިފައިވަނީ 2023 ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މީގެ އިތުރުން މިމަސައްކަތާއި ގުޅޭ މައުލޫމާތުކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

         އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޖޫން 2023
ހޯދާ