ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ވަށާފާރުގެ ބައެއް އުސްކުރުމަށް

ސުކޫލު ވަށާފާރުގެ ބައެއް އުސްކުރުމަށް ބޭނުންވެއްޖެ؛

މި ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ސުކޫލުގެ ވަށާފާރުގެ އިރުމަތީ ފަރާތު ފާރު، އިތުރު 03 ފޫޓަށް ރާނައި އުސްކުރުމަށް ބޭނުންވެއެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30އަށް މި ސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800012 ގުޅުއްވުމަށް ދަންނަވަމެވެ.

26 ޖަނަވަރީ 2015
ހޯދާ