ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ކައުންސިލްތަކަށް އެހީތެރިކަން ދިނުމާއި ގުޅޭ

ރަށު ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަޤުޞަތުގައި ހައްދުންމަތީ އަތޮޅު ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ރަށު ކައުންސިލްތަކުން ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމްއެއް މި އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމްގައި ރަށު ކައުންސިލްތަކަށް އެހީތެރިވުމަށް ހަމަޖެހިފައިވާނީ ފެންނަން ހުންނާފަދަ ކަމަކަށެވެ.

ވީމާ، މި އަތޮޅުގެ ރަށު ކައުންސިލްތަކުން ހިންގަން ބޭނުންވާ ޙަރަކާތަށް އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ރަށު ކައުންސިލްތަކުން، އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ޕްރޮޕޯސަލް އާއިއެކު 2023 ޖޫން 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމް މި އިޢުލާނާއި އެކު އާންމުކުރީމެވެ.

10 ޛުލްޤައިދާ 1444                       

30 މޭ 2023

30 މޭ 2023
ހޯދާ