އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕެޓްރޯލް ޝެޑް ހެދުމަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ތަކެތިނަގާ ބިން ސާފުކުރުމަށް އެންގުން:

މިރަށުގައި ޕެޓްރޯލް ޝެޑެއް ހެދުމަށްޓަކައި ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާބިން، ބަނދަރުގެ ދެކުނުކޮޅު ހުރަސްތޮށީގެ ދެކުނުން ކަނޑައަޅާ، އެބިމުގެ އިން ވަކިކޮށް، މިހާރުވާނީ  ބިން ފާހަގަކުރުމަށްޓަކައި މިކައުންސިލް މިއިދާރާއިން ޓޭޕްދަމާފައެވެ.

  ވީމާ، މިކައުންސިލް އިދާރާއިން ޓޭޕްދަމާ ވަކިކޮށްފައިވާ ބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއް ވާނަމަ 29 ޖޫން 2023 ދުވަހުގެ ނިޔަލަށް އެސަރަޙައްދުން ނަގާ ތަން ސާފުކޮށް ނިންމެވުމަށް އަންގަމެވެ.

  ވުމާއެކު، ތަކެތިނަގާ ނިންމުމަށް ދަންނަވާފައިވާ ތާރީޚުގެ ފަހުން އެސަރަޙައްދުގައި އެއްވެސް މުދަލެއް ހުރެއްޖެނަމަ މިކައުންސިލްގެ އިދާރާގެ ބެލުމުގެދަށުން މުދާނަގާ ބިން ސާފުކުރެވޭނެ ކަމުގައިވެސް ދަންނަމެވެ.

ދަންނަވަމެވެ. މި އިދާރާއިން އެބިން ސާފުކުރަންޖެހޭ ޙާލަތެއް މެދުވެރިވެ، އެތަނުގައިހުރި މުދާ ނަގަންޖެހޭ ޙާލަތުގައި މުދަލަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މި އިދާރާއިން ނެގެން ނެތްކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

30 މޭ 2023
ހޯދާ