މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ ހުޅުލޭގައި ދުއްވާ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2015/01 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

މަސައްކަތުގެ ތަފުސީލު

  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލޭގައި ދުއްވާ ރަޖިސްޓަރީ ނަންބަރު C1A2379   ޕިކަޕްގެ ތިރީގައި މިދަންނަވާ ކަންތައްތައްކުރުން
  1. ފުލް ސަރވިސް ކޮށްދިނުން
  2. ވެހިކަލް ޗެސިސްއިން ދަބަރު ކަހައި އަންޑަރކޯޓް ދުއްވުން
  3. ފިއުލް އިންޑިކޭސަން ސިސްޓަމް ރަނގަޅުކުރުން.
  4. ރައިޓް ސައިޑް ރިއަރ މިރަރ ބަދަލުކުރުން
  5. އެއަރކޮންޑިޝަން ސަރވިސްކުރުން
  •  އަދި ރަޖިސްޓަރީ ނަންބަރު B1A5458 ޖީޕްގައި ކުރަންހުރި މިދަންނަވާ ކަންތައްތައް ކުރުން.
  1. ވެހިކަލް ފުލް ސަރވިސްކުރުން
  2. ބުރެކި ސަރވިސްކުރުން
  3. ގިއަރ ސަރވިސްކުރުން
  4. ލައިޓް ރަނގަޅުކުރުން
  5. އެއަރކޮންޑިޝަން ސަރވިސްކުރުން

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

08 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ