ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި ކުންފުނީގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބިޑްގައި ރަޖިސްޓްރީ ކުރުން.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މެއި 2023 ވާ ހޯމަ ދުވަހުން ފެށިގެން 04 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. އަދި ބިޑްގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބީލަންފޮތް އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައެވެ.

ބިޑްގައި ރަޖިސްޓަރީވުމަށް: https://shorturl.at/kqCGH

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.

- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި

- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި.

- އިޢުލާން ނަންބަރ : IL-KPL/2023/010

ބިޑް ހުޅުވުން

- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

29 މޭ 2023
ހޯދާ