މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ސައިކޮޓަރި ހެދުން.

ލޮބީގެ މަރާމާތު.

ކައުންޓަރު ޖެއްސުން

މަރާމާތާ ގުޅޭ އެހެނިހެން މަސައްކަތް.

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖަނަވަރީ 2015ވާ ބުދަދުވަހުގެ 10:30އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2ފެބުރުވަރީ 2015 ވާ ބުދަދުވަހުގެ 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙްމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.

26 ޖަނަވަރީ 2015
ހޯދާ