ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

ލ. އިސްދޫ / އާސްމާންވިލާ، ފާތިމަތު ނަޘްމާ އަށް ދޫކޮށްފައިވާ ގޯތީގައި ހުރި ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށްޓަކައި، ރުއްގަހުގެ ވެރިން ހޯދުމަށް އެގޯތީގައި ހުރި ރުއްތަކުގައި ރީނދޫކުލައިގެ ދަވާދުން، 01 އިން 06 އަށް (ހިސާބު އަކުރުން)، ނަމްބަރު ޖަހައި، އެ ގޯތީގައިހުރި ގަހެއްގައި ވާނީ ރީނދޫކުލައިގެ ދަވާދުން، 01  (ހިސާބު އަކުރުން)، ނަމްބަރު ޖަހައިފައެވެ.  

           ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓު ކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 04 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް  ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ރުއްގަހުގެ ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. 

         "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.

28 މޭ 2023
ހޯދާ