ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
160 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގެ އެންމެ އުތުރު ފަރާތުމަގު (ރުއްގަނޑު މަގު) ގައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

އިޢުލާން

                  

     ނަމްބަރު:(IUL)262/262/2023/40

 

160 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގެ އެންމެ އުތުރު ފަރާތުމަގު (ރުއްގަނޑު މަގު) ގައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ:

 

160 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގެ އެންމެ އުތުރުފަރާތުމަގު (ރުއްގަނޑުމަގު)ގައި މަގަށްއަރާގޮތަށް ހުރި ރުއްތަކުގައި 1 (އެކެއް) ފެށިގެން 106 (ސަތޭކަހައެއް) އާއި ދެމެދު ވާނީ މިކައުންސިލުން ނަމްބަރު ޖަހާފައިވާއެވެ.

މިދެންނެވި ރުއްތަކުގެ ވެރިފަރާތެއްވާނަމަ، 8 ޖޫން  2023 ވާ ބުރާސްފަތި ދުވަހުގެ   13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ލިޔުމުން ހުށައެޅުންވުން އެދެމެވެ.

ހުށައަޅާ ލިޔުމުގައި ރުކުގެ ނަންބަރާއި، ވެރިފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް، އައި.ޑީ ކާރޑް ނަންބަރާއި ފޯންނަންބަރު އަދި ސޮއި ކުރަންވާނެއެވެ. އަދި މީގެއިތުރުން 160 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގެ އެއްފަސްމަގާއި، އެންމެ އިރުމަތީފަރާތުމަގު(ގާޒީހިގުން) އަދި އެންމެ އުތުރު ފަރާތުމަގު (ރުއްގަނޑުމަގު) ގައިވާ މަގަށްއަރާގޮތަށް އަމިއްލަފަރާތްތަކުން އިންދާފައިވާ އެންމެހައި ތަކެތި 8 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނަންގަވާ ނިންމެވުންއެދެމެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ނުނަންގަވާތަކެތި މިކައުންސިލްގެ ބެލުމުގެ ދަށުން ނެއްގެވުމަށްފަހު ނަންތާލެވޭނެވާހަވަދެއްނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

25 މޭ 2023
ހޯދާ