މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މާމެންދޫ ސްކޫލް

   ގއ. މާމެންދޫ

 ދިވެހިރާއްޖެ

                                                                                                    ނަންބަރު: GS198/IUL/2023/13

 

އިޢުލާން

 

އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

203-2024 އަދި 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާނެ އެކްޓިވީޓީ ޔުނިފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މެއި 2023 އިން 31 މެއި 2023 ގެ 9:00 އިން 11:00 އަށް ސްކޫލާއި ގުޅުއްވައިގެން (9696657) ނަންނޯޓް ކުރުމަށް ދަންނަވަމެވެ.

މި ބީލަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި މާމެންދޫ ސްކޫލުގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 06 ޖޫން 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00 ގައި މާމެންދޫ ސްކޫލުގައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.

                                   05 ޛުލްޤައިދާ 1444

                                    25 މެއި 2023

25 މޭ 2023
ހޯދާ