ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓެންޓް (ކޮންޓްރެކްޓް)

މި އޮތޯރިޓީއަށް ތިރީގައި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް:

 ލޯކަލް ކޮންސަލްޓެންޓް 

ބޭނުންވާ ޢަދަދު:

 01

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް (03 މަސްދުވަހުގެ މުއްދަތަށް)

ވަޒިފާއަދާ ކުރަންޖެހޭ ތަން:

 ލޯކަލް ގަވަރމަންޓް އޮތޯރިޓީ / މާލެ

އަސާސީ މުސާރަ: (މަހަކު)

 36,600.00ރ

މަޤާމުގެ އަސާސީ ޝަރުތު:

 

 1) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 2) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 އަސާސީ ޝަރުތުތަކުގެ އިތުރުން ބެލެވޭނެ ކަންތައްތައް:

  • ލޯކަލް ގަވަރނަންސް / ގަވަރނަންސް، ލޯކަލް ކައުންސިލް، ރައްޔިތުންގެ ބައިވެރިވުން، ސިވިލް ސޮސައިޓީ އެންގޭޖްމަންޓް ފަދަ ގުޅުންހުރި ދާއިރާތަކުން އަތްމަތީ ފޮތް އެކުލަވާލުމާއި، ޓްރެއިނިންގ މެޓީރިއަލް، އެވެއާނަސް މެޓީރިއަލްސް ތައްޔާރުކުރުމާއި ސިވިލް ސޮސައިޓީ އަދި ކައުންސިލްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާހުރުން.
  • ލޯކަލް ގަވަރނަންސް ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުއާމަލާތް ކުރަން އެނގުން.

 

އެހެނިހެން މަޢުލޫމާތު:

 މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާ:

  • ގަވަރނަންސް  
  • ސިވިލް ސޮސައިޓީ އޮގަނައިޒޭޝަން

 ތަޢުލީމީ ރޮނގުތައް:

  • ސޯޝަލް ސައިންސް
  • ސޯޝަލް ޕޮލިސީ 
  • ޕަބްލިކް ޕޮލިސީ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޑިވެލޮޕްމަންޓަލް ސްޓަޑީޒް
  • ނަން-ގަވަރމަންޓަލް އެންޑް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ގަވަރނަންސް
  • މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑިއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.

މަސައްކަތުގަޑި

 ކޮންސަލްޓެންސީ މީޓިންގތަކާއި އެލް.ޖީ.އޭއާއެކު ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި ކޮންސަލްޓެންޓް މަސައްކަތްކުރާނީ ވާރޓުއަލް/ހޯމް-ބޭސްޑްކޮށް. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 މި ޕްރޮޖެކްޓްން ހާސިލްކުރަން ބޭނުންވާ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔަތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިޔުމެވެ. މި މަޤްސަދުތައް ހާސިލްކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ތިރީގައި އެވަނީއެވެ.

  • ދިވެހިރާއްޖޭގެ ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔަތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ އަތްމަތީ ފޮތުގެ ކޮންޓެންޓް ދިވެހިބަހުން ތައްޔާރުކުރުން
  • ދިވެހިރާއްޖޭގެ ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔަތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކުރެވޭ ވީޑިއޯ ސްޕޮޓްގެ ނެރޭޝަން ލިޔުންކޮޅު ތައްޔާރުކުރުން.
  • ދިވެހިރާއްޖޭގެ ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔަތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން އެކުލަވާލެވުނު އަތްމަތީ ފޮތުގެ މައްޗަށް ބިނާކޮށް ޓްރެއިނިންގ މޮޑިއުލެއް ތައްޔާރުކުރުން
  • އެލް.ޖީ.އޭގެ އީ-ލަރނިންގ މެނޭޖްމަންޓް ސިސްޓަމް 'ކިޔެވެނި' ޕޯރޓަލް (www.kiyeveni.mv) ގައި ސެލްފް ޕޭސްޑް ޓްރެއިނިންގ އެއް ހޯސްޓްކުރުމަށްޓަކައި ތައްޔާރުކުރެވޭ އަތްމަތީ ފޮތާއި ޓްރެއިނިންގ މޮޑިއުލަށް ބިނާކޮށް، އީ-ޓްރެއިނިންގ މޮޑިއުލެއް ތައްޔާރުކުރުން. 
  • އެލް.ޖީ.އޭ ގެ ޓްރެއިނަރުންނާއި، މާސްޓަރ ޓްރެއިނަރުންނަށް އަމާޒުކޮށްގެން ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް ހިންގުން.

 ޑެލިވަރަބަލްސް

  • އަތްމަތީ ފޮތް ތައްޔާރުކުރުމަށްޓަކައި ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔަތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް މަދުވެގެން 2 ރަށެއްގައި އަދި މާލޭގައި ޤާއިމްވެފައިހުރި ކަމާގުޅުންހުރި އޮފީސްތަކާއެކު ސްޓޭކްހޯލްޑަރ މީޓިންތައް ކުރިއަށް ގެންދިޔުން. ކޮންސަލްޓޭޝަންތައް ރޭވުމާއި އިންތިޒާމުތައް ހަމަޖެއްސުމުގައި އެލް.ޖީ.އޭގެ އެހީތެރިކަން ފޯރުކޮށްދެވޭނެ.
  • އަތްމަތީ ފޮތް ތައްޔާރުކުރުމަށްޓަކައި ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި މަދަނީ ޖަމިއްޔަތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ބޭފުޅުން ލިޔުއްވާފައިވާ އެކިއެކި ލިޔުންތަކާއި ބެސްޓް ޕްރެކްޓިސްތަކާއި، ކަމާގުޅޭ ސްޓެޓިސްޓިކްސްތަކާއި، އެލް.ޖީ.އޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން، ލާމަރުކަޒީ ޤާނޫނު އަދި މަދަނީ ޖަމިއްޔާތަކާއި ރައްޔިތުންގެ ބައިވެރިކުރުމާ ގުޅޭގޮތުން ކައުންސިލްތަކުގެ ޒިންމާއާ ގުޅޭ މައުލޫމާތުތަކުގެ ރިވިއުއެއް ހެދުން. އަތްމަތީފޮތް އެކުލަވާލަންވާނީ މިހޯދުނު މައުލޫމާތާއި ކުރެވުނު ކޮންސަލްޓޭޝަންތަކުގެ ނަތީޖާތަކަށް ބިނާކޮށް. 
  • އާއްމުން ހޭލުންތެރިކުރުމަށް އެކުލަވާލެވޭ ވީޑިއޯ ސްޕޮޓްގެ ނެރޭޝަން ލިޔުންކޮޅު 1 ގަނޑަށް ވުރެން ދިގު ނުވާނެހެން އިބާރާތްކޮށް ތައްޔާރުކުރުން.
  • ކޮންސަލްޓަންސީގެ ދަށުން ތައްޔާރުކުރެވޭ ޓްރެއިނިންގ މޮޑިއުލް އަދި އީ-ޓްރެއިނިންގ މޮޑިއުލް ތައްޔާރުކުރަންވާނީ އަތްމަތީ ފޮތުގައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް. އަދި މި މޮޑިއުލްގައި މިތަމްރީން ޕްރޮގްރާމެއްގައި ހުންނަން ވާނެ ހަރަކާތްތަކާއި، ޕްރެޒެންޓޭޝަންތައް، ޓެންޕްލެޓްތައް، ތަމްރީން ހިންގުމަށް ބޭނުންވާނެ މެޓީރިއަލްސްތަކާއި ރިސޯސްތައް، ޓްރެއިނަރުން ވިސްނުން ބަހައްޓަންވީ ކަންތައްތައް، ޕްރޮގްރާމުން ހާސިލްވި މިންވަރު ދެނެގަންނާނެ ޓޫލްތައް (އިވެލުއޭޝަން ފޯރމްސް ފަދަ) އަދި މިނޫންވެސް އެހެނިހެން ގުޅުންހުރި ބައިތައް ހިމެނިފައި ހުންނަވާނެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަދި މަސައްކަތާ ގުޅޭ ދާއިރާ ނުވަތަ ދާއިރާއާއި ގުޅުން ހުރި މަސައްކަތްތަކުގެ ތަފްސީލް ހިމެނޭގޮތަށް) 
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި އެ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ
  • ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީއާއިއެކު މަސައްކަތު ތަޖުރިބާ އާ ގުޅޭގޮތުން މަދުވެގެން 3 ފަރާތެއްގެ ޕްރޮފެޝަނަލް ރެފަރެންސް

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މި މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން: 40%

-          މަސައްކަތު ތަޖުރިބާ: 12%

-          ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

  • މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލީ ފަރާތްތަކުން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި މައުލޫމާތު ސައްހަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
24 މޭ 2023
ހޯދާ