ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ކުރީގެ އިންޖީނުގޭ އިމާރާތް އެޕާރޓްމަންޓަކަށް ބަދަލުކުރުމާއި ގުޅޭ

 މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ކުރީގެ އިންޖީނުގޭ އިމާރާތް އެޕާރޓްމަންޓަކަށް ބަދަލުކުރުމަށްޓަކާ ކުރަންޖެހޭ ބައެއް މަރާމާތުތަށް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.      

                މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް  [email protected]އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ  ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.          

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

01 ޖޫން 2023 (ބުރާސްފަތި)

11:00

އަންދާސީ ހިސާބު ހުށަހެޅުން

05 ޖޫން 2023 (ހޯމަ)

10:30

 

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                           

24 މޭ 2023
ހޯދާ