މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
2023-2024 ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

2024-2023 ދިރާސީ އަހަރު މަދްރަސަތުލް އިފްތިތާޙް ގައި ތަޢުލީމް ޙާޞިލްކުރުމަށް ބޭނުންވާ، ގްރޭޑް ތަކަށް ޝަރުތު ހަމަވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ގްރޭޑް

2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ، ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު މި މަދަރުސާގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ފޯމު ދޫކުރަން ފަށާ ތާރީޚް: 24 މެއި 2023 (ބުދަ)

ފޯމު ހުށަހަޅަންޖެހޭ ސުންގަޑި: 06 ޖޫން 2023 (އަންގާރަ) މެންދުރުފަހު 13:00 ގެ ކުރިން  

އޮފީސް ރަސްމީ ގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  • ކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  • ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  • ކުއްޖާގެ ޕާސްޕޯޓް ސައިޒް ފޮޓޯއެއް (ފޮޓޯނެގިތާ 03 މަސް ހަމަނުވާ)
  • ކުއްޖާގެ ވެކްސިންކާޑްގެ އަޞްލު އަދި ކޮޕީ
  • ކުއްޖާގެ ޞިއްޙީ މައްސަލައެއްވާނަމަ އެކަމުގެ ލިޔެކިޔުންތައް
  • ހަގު އުމުރުފުރާއިން ވައްދާނަމަ ބެލެނިވެރިޔާ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން
  • އެހެން ސްކޫލަކުން ބަދަލުވާން އެދޭނަމަ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރު ބަދަލުކުރުމަށް އެދޭ ފޯމް (ޓްރާންސްފަރ ފޯމް)

ނޯޓް: އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ގައި އެއްވެސް ދަރިވަރަކު ރިޕީޓްނުކުރެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

23 މޭ 2023
ހޯދާ