މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ ޔޫ.ޕީ.އެސް އަކަށް ބޭނުންވާ ބެޓެރީ ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ

އިޢުލާން ނަމްބަރު:

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ ޔޫ.ޕީ.އެސް އަކަށް ބޭނުންވާ ބެޓެރީ ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

          މިސަރވިސްގައި ބެހެއްޓިފައިވާ ޔޫ.ޕީ.އެސ އަކަށް ބޭނުންވާ ބެޓެރީ ހޯދުމަށް ބޭނުންވެއްޖެއެވެ.

          ވީމާ، މިސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 28 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް މި ސަރިވިސްގެ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވުން އެދެމެވެ. ބީލަންހުށަހެޅުން އަދި ހުޅުވުން ހަމަޖެހިފައިވަނީ 2023 ޖޫން 1 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މީގެ އިތުރުން މިމަސައްކަތާއި ގުޅޭ މައުލޫމާތުކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

         އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 މޭ 2023
ހޯދާ