ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2023-2024 ވަނަ އަހަރު ކުދިން ސްކޫލަށް ވެއްދުމާއި ގުޅޭ

 

2023-2024 ވަނަ އަހަރު ކުދިން ސްކޫލަށް ވެއްދުމާއި ގުޅޭ

2023-2024 ވަނަ އަހަރަށް މި ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލަނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.

ގްރޭޑް

2023 - 2024 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

އަދި ދަންނަވަމެވެ. އެހެން ގްރޭޑްތަކާ ގުޅެން ބޭނުންވާ ދަރިވަރުންވެސް މިމުއްދަތުގެ ތެރޭގައި ފޯމް ހުށަހެޅުމަކީ ސްކޫލްގެ ވަރަށްބޮޑު އެދުމެކެވެ. ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ގުޅެވޭނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރުފުރާ ހަމަވާ ކުދިންނެވެ.   

ގްރޭޑް

2023 – 2024 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

ޔޫ.ކޭ.ޖީ

އެލް. ކޭ. ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ގްރޭޑް-1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

ވީމާ، ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 2023 ޖޫން 06 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު މަދަރުސާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި، ބަލައިގަތުން އޮންނާނީ 2023 މެއި 23 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8.00 ން 13.00 އަށް މަދަރުސާގެ އޮފީހުންނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6600034 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

22 މޭ 2023
ހޯދާ