މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މުށި ނައްޓައި އަލުން މުށިޖެހުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިސަރވިސްގެ ހުޅުލޭ އޮފީސް އިމާރާތުގެ ބައެއް ތަންތާނގައި ޖަހާފައިވާ ތަށިމުށި އެތަންތަނުން ނެއްޓި ހަލާކުވެފައިވާތީ، އެތަންތާނގައިވާ މުށި ނައްޓައި އަލުން މުށިޖެހުމަށް ބޭނުންވެގެން 2014 ވަނަ އަހަރު 3 ފަހަރެއްގެ މަތީން އިޢުލާންކޮށް، ބަޔަކާއި މަސައްކަތް ހަވާލުކޮށް އެގްރީމަންޓް ކުރެވިފައި ވަނިކޮށް، އެފަރާތުން އެގްރީމަންޓްގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް މަސައްކަތް ކޮށްފައިނުވާތީ، އެ އެގްރީމަންޓް ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ފެބުރުވަރީ 02 ވާ ހޯމަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ހުންނަ) މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

05 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ