އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ޢަމަލުކުރުމަށް އެންގުން:

           ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ސަލާމަތީ މިންގަނޑުތަކުގެ ޤަވާޢިދު ( ޤަވާޢިދު ނަންބަރު: 2019/R-156 ) އަކީ ޢިމާރާތްކުރުމުގެ ޤާނޫނު ( ނަންބަރު: 2017/4 ) ގެ ދަށުން ޢިމާރާތްކުރުމުގައި ހިފަހައްޓަންޖެހޭ ސަލާމަތާއި ރަށްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި އެ ޤާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެކުލަވާލައިފައިވާ ޤަވާޢިދެކެވެ.

 ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ބެލުމުގައި ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ކުރުމުގައި ބައެއްފަރާތްތަކުން ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ކޮންޓްރެކްޓަރުން، ކޮންޓްރެކްޓަރުންގެ ފަރާތުން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ މީހުންނަށް ނުރައްކަލުގެ ޙާލަތެއް ކުރިމަތި ވާހިނދު ޢަމަލުކުރަންވީގޮތް އަންގައިދީ އެކަމަށް އެމީހުން އަހުލުވެރިކުރުވާފައި ނުވާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަންގަވައިފިއެވެ.

               ވީމާ، ޤަވާޢިދު ނަންބަރު: 2019/R-156 ގައި ބަޔާންކޮށްފައިވާ ސަލާމަތީކަންކަން ފުރިހަމަޔަށް ކޮށްފައިވޭތޯ ކަށަވަރުކުރުމަށް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ އެންމެހާއި ފަރާތްތަކަށް އަންގާ އިލްތިމާސް ކުރަމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

16 މޭ 2023
ހޯދާ