ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ބްލޫމްބާރގް އިނިޝިއޭޓިވް ގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު

އެނައުންސްމަންޓް

ބްލޫމްބާރގް އިނިޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު: 13 ޖަނަވަރީ 2015

"ބްލޫމްބާރގް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ޙަރަކާތްތަކަށް އެހީދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ. ބްލޫމްބާރގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުން މަދުކުރުމަށް ޑިސެންބަރު 2006 އިން ފެށިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު އިންތިޒާމުކޮށް ހިންގަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ "އިންޓަރނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީޒް" (ދަ ޔޫނިއަން) އާއި، "ކެމްޕެއިން ފޮރ ޓޮބޭކޯ-ފްރީ ކިޑްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢޫގެދަށުން ކުރިއަށްގެންދާ ގްރާންޓްސް ޕްރޮގްރާމްގެ 17 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.

އެހީއަށް އެދި ހުށަހަޅަންޖެހެނީ ސީދާ އެ ޕްރޮގްރާމަށް އެ ޕްރޮގްރާމްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮށެވެ. ނަމަވެސް، ޕްރޮޕޯޒަލްތައް އެކުލަވާލުމުގައި އެހީތެރިކަން ބޭނުންވާ އަދި މި ގްރާންޓް ޕްރޮގްރާމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގަތުމުން ނުވަތަ ފޯނު ނަންބަރު 3014455 އާ ގުޅުއްވުމުން ނުވަތަ އީމެއިލުން [email protected] މުޢާމަލާތް ކުރެއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، އެ ޙަރަކާތެއްގެ ސަބަބުން ފާހަގަ ކޮށްލެވޭފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުން ތަކަށެވެ. އަދި މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަންދެވޭނެއެވެ.

  • ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގާއި އަދި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތައް.
  • ދުންފަތުގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުން މަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އަދި އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރުން.
  • މަސައްކަތުގެ މާޙައުލުގަޔާއި ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ގަވާއިދުތަކާއި އެފަދަ ގަވާއިދުތައް ތަންފީޒު ކުރުން.
  • ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްތަކުގެ ބޭރުގައި ފޮޓޯޖަހައިގެން ދެވޭ ޞިއްޙަތުގެ އިންޒާރު ޖެހުން ތަޢާރަފުކުރުން.
  • ސާބިތުހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އެހެނިހެން ހުށަހެޅުންތައް.
  • އަދި މިނޫންވެސް، ދުންފަތް ކޮންޓްރޯލް ކުރުން އެ ހުށަހެޅުމެއްގެ މައިގަނޑުކަމުގައި ހިމެނޭގޮތަށް، އެކިފަރާތްތައް ގުޅިގެން ހިންގުމަށް ރާވާ ކަންކަމާއި، ދުންފަތުގެ ސިނާޢަތުގެ ޙަރަކާތްތަކަށް ފާރަވެރިވެ ބެލުމަށާއި މިފަދަ އެހެނިހެން ކަންކަމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުންތައް.
  • ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ ފެބުރުވަރީމަހުގެ 05 ވަނަ ދުވަހެވެ.
  • މި ޕްރޮގާމާބެހޭ އެނައުންސްމެންޓް އަދި އިތުރު މަޢުލޫމާތު އަންނަނިވި ވެބްސައިޓުން ހޯއްދެވުން އެދެމެވެ. http://www.tobaccocontrolgrants.org/Pages/22/Apply-for-a-Grant
20 ޖަނަވަރީ 2015
ހޯދާ