މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާޅެންދޫ ކައުންސިލުގެ އެންޓަނާއެއް ސިޓީލާ ނީލަމުގައި ވިއްކާލުން

 އިޢްލާނު

އެންޓަނާއެއް ސިޓީލާ ނީލަމުގައި ވިއްކާލުން   

މިރަށުގައި ދިރާޤުން ފޯނުގެ ޚިދުމަތް ދިނުމަށް ކުރިން ބޭނުންކޮށްފައިވާ އެންޓަނާ ، މިކައުންސިލަށް ހަދިޔާ ކުރެއްވުމުން، މިކައުންސިލުގެ އެސެޓެއްގެ ގޮތުގައި އޮތް އެންޓަނާ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

 

އެންޓަނާގެ މަޢްލޫމާތު:

1-     އެންޓަނާ ހަދާފައިވާ ބާވަތް: ގަލްވަނައިޒް ދަގަނޑު

2-     އެންޓަނާގެ ދިގުމިން: 55 ފޫޓް ،9 އިންޗި ( 6 ބުރި (3’3”+12’6”+10’+10’+10’+10’ ))

3-     އެންޓަނާގެ މިހަރުގެ ހާލަތު: އެންޓަނާއަކީ ކުރިން ބޭނުންކޮށް، ނަގާފައިވާ އެންޓަނާއެއް، އެންޓަނާ ރޭވުމަށް ބޭނުންވާ ބައެއް ނަޓާއި ބޯލްޓް މަދުވާނެ، އެންޓަނާއަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާނެއެވެ.  

 

އެހެންކަމުން މިއެންޓަނާ ގަތުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މިކައުންސިލަށް ގުޅުއްވާ މަޢްލޫމާތު ސާފުކުރެއްވުމަށްފަހު، އަދި ބައްލަވާލެއްވުމަށް ބޭނުންވާފަރާތްތަކުން އެންޓަނާ ބައްލަވާލެއްވުމަށްފަހު މިކައުންސިލަށް އަގުހުށަހަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ.

އެންޓަނާ ވިއްކާލުމުގެ ނީލަން ފެށޭއަގަކީ 20,000/- ރ. (ވިހިހާސް ރުފިޔާ) އެވެ. އަގުހުށަހަޅުއްވާފަރާތްތަކުން އެންމެމަދުވެގެން އިތުރުކުރެވޭނީ ކޮންމެ ދުވަހެއްގަ ހުށަހަޅުއްވާފައިވާ، އެންމެ ބޮޑުއަގަށްވުރެން 2,000/-  ރ. (ދެހާސްރުފިޔާ) ބޮޑުކޮށެވެ. އަގުހުށެހެޅުއްވުމަށް ފޮނުވާ ސިޓީގައި އެފަރާތަކުން ހުށަހަޅުއްވާ ޖުމްލައަގު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން ހުށަހަޅުއްވާ އަގު ބަޔާންކޮށް މިއިޢްލާނާއި ހަވާލާދެއްވައި، މިކައުންސިލުގެ އީމެއިލް [email protected] އަށް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމެޓްގައި ފޮނުވަންވާނެއެވެ.

ކޮންމެ ދުވަހެއްހެ 13:00 ގެ ފަހުން ހުށަހަޅުއްވާ ސިޓީތައް ބަލައިގަނެވޭނީ ޖެހިގެންއަންނަ ދުވަހު ހުށަހެޅުއްވި ސިޓީއެއްގެ ގޮތުގައެވެ. ކޮންމެދުވަހެއްގެ އޮފީސްބަންދުވުމުގެ ކުރިން އެދުވަހާއި ހަމައަށް ހުށަހަޅުއްވާފައިވާ އެންމެ މަތީއަގު ނީލަމުގައި ބައިވެރިވަމުންދާ ފަރާތްތަކަށް ފޮނުވުމަށްފަހު، މިކައުންސިލްގެ ފޭސްބުކްޕޭޖް https://www.facebook.com/Maalhendhoocouncil?mibextid=ZbWKwL ގައި ޢާންމު ކުރެވޭނެއެވެ.

ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެ ނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވީއެވެ. ނީލަން ކާމިޔާބުކުރާ ފަރާތުން ހުށަހެޅުއްވި ޢަދަދަށް މިއިދާރާއަށް ފައިސާދައްކާ ޚަލާސްކުރުމުން އެފަރާތަށް އެންޓަނާ ހަވާލުކުރެވޭނެއެވެ. އެންޓަނާއާ ހަވާލުވުމަށްފަހު 7 ދުވަހުގެ ތެރޭގައި އެންޓަނާ ގަތްފަރާތުން ގެންދަވަންވާނެއެވެ.

 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.

17 މޭ 2023
ހޯދާ