މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 13/2022(ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު: 13/2022 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ އެއްވެސް އެއްޗެއްގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން މެނޭޖްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީ ހިނދު، އެ ޤާނޫނުގެ ޖަދުވަލު 1 ހިމެނޭނީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެކެވެ. އަދި، އެ ތަކެއްޗަކީ ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ އެ ތަކެތީގެ ވިޔަފާރިކުރުން މަނާ ދިރޭ ތަކެއްޗެވެ.

އިސްވެދެންނެވި ޖަދުވަލު ގައި ހިމެނޭ އެއްޗެއްގެ އަންނަނިވި ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކުން މި އިޢުލާނުގައި ހިމެނޭ ފޯމްތައް މެދުވެރިކޮށް، އެ ޤާނޫނުގެ މެނޭޖްމަންޓް އޮތޯރިޓީގެ ހައިސިއްޔަތުން މި މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށް އާންމުކޮށް ހުޅުވާލަމެވެ.

  • ޤާނޫނު ނަންބަރު: 13/2022 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭ ތަކެތީގެ ތެރެއިން ބަންދުކޮށްގެން ދިރޭ ތަކެތި ގެންގުޅެ ވިހާ ބޮޑުކުރާ ނުވަތަ އާޓިފިޝަލީ ހައްދާ ތަންތަނާއި އެތަންތަނުގައި ގެންގުޅޭ ދިރުންތަކުގެ ވިޔަފާރިކުރުމަށް އެދޭ ފަރާތްތައް. (ފޯމް 1)
  • ޤާނޫނު ނަންބަރު: 13/2022 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭ ތަކެތީގެ ތެރެއިން މުޢާހަދާގެ ސެކްރެޓޭރިއަޓްގައި ރަޖިސްޓަރީކޮށްފައިވާ ސައިންޓިފިކް އިންސްޓިޓިއުޝަނަކުން އެފަދަ އެހެން ސައިންޓިފިކް އިންސްޓިޓިއުޝަނަކަށް ހަދިޔާގެ ގޮތުގައި ދޭ ނުވަތަ ތައުލީމް، ރިސަރޗް ފަދަ ބޭނުންތަކަށް އެކްސްޕޯޓުކުރަން އެދޭ ފަރާތްތަކާއި، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދިރޭ ތަކެތީގެ ތެރެއިން ޓްރެވެލިންގ އެގްޒިބިޓްސް ގެ ގޮތުގައި އިމްޕޯޓްކުރެވޭ ތަކެތި އަދި އެގްޒިބިޓްތަކުގެ ވިޔަފާރިކުރުމަށް އެދޭ ފަރާތްތައް. (ފޯމް 2)

ވީމާ، ޖަދުވަލު 1 ގައި ހިމެނޭ ދިރުންތަކުގެ ވިޔަފާރި ކުރުމަށް ގަސްތުކުރާ ތަންތަނާއި ފަރާތްތައް އަދި ޖަދުވަލު 1 ގައި ހިމެނޭ ދިރުންތައް ވިޔަފާރި ނޫން އުސޫލުން އެކްސްޕޯޓުކުރުމަށް ބޭނުންވާ ފަރާތްތަކުން 31 ޖުލައި 2023 ގެ ކުރިން މިމިނިސްޓްރީގައި ރަޖިސްޓަރ ކުރުމަށް ހުޅުވާލާ، އެކަން ޢާއްމުކޮށް އަންގާ އިއުލާންކުރަމެވެ.  

17 މޭ 2023
ހޯދާ