ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް،ދިވެހިރާއްޖެ.
ނަންބަރު:(IUL)353/2023/26
އިޢުލާނު
ބިދޭސީ ވެހި ޢިމާރާތްކުރުން ފިޔަވަހި 1
ކައުންސިލުން ހިންގާ ވޭސްޓްމެނޭޖްމަންޓް ޔުނިޓްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ތިބުމަށްޓަކައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ "ބިދޭސީ ވެހީގެ، ފިޔަވަހި 1" ގެ މަސައްކަތް ކުރާނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 މެއި 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މާލަމުގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މެއި 2023 ވާ އަންގާރަ ދުވަހުގެ 13:00 ށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކަށްވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް މަސައްކަތް ކުރަންވާނީ، މަޢުލޫމާތު ޝީޓްގައިވާ ގޮތުގެމަތިންނެވެ. ބީލަން ފޯމާއި މަސައްކަތުގެ މަޢުލޫމާތު ޝީޓް، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށްފަހު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ބީލަން ހުށަހެޅުމުގެ ޝަރުޠު
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ. ކައުންސިލްގެ މެމްބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސްލަޙަތު އޮންނަ ކުންފުނިތަކާއި ވިޔަފާރިތަކަށް ބީލަން ހަށައެއް ނޭޅޭނެއެވެ.
- މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 21 މެއި 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ-/50ރ (ފަންސާސް) ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ބީލަން ފޯމާއެކު ހުށަހެޅުމަށް އިރުޝާދު ދީފައިވާ އެންމެހާ ލިޔެކިއުންތައް، ބީލަން ފޯމާއެކު ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
24 ޝައްވާލު 1444
14 މެއި 2023
(ސޮއި)
އިބުރާހީމް ޢަބްދުއްރަހީމް
ކައުންސިލްގެ ނާއިބްރައީސް