ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

ވަޒީފާގެ ފުރުޞަތު

ގއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަގާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

1

މަގާމުގެ ކްލެސިފިކޭޝަން: އެސް. އެސް 2 / ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ.އަތޮޅު ހޮސްޕިޓަލް / ގއ. ވިލިނގިލި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުގެ ފަރުނީޗަރާއި ހިފައި ގެންގުޅޭ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.
  • ފަރުވާގައިތިބޭ ބަލިމީހުންގެ ތަންމަތި އެޅުމާއި، ހަޑިވާ ބެޑްޝީޓް ދޮވެ ސާފުކުރުން.
  • ނަރުހުންގެ އިރުޝާދާ އެއްގޮތަށް ވޯޑުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  • ކުނި ނައްތައިލުމުގައި ކުރަންޖެހޭ މަސައްކަތް ކުރުމާއި، އެކަމަށް އެހީތެރިވެދިނުން.

އަސާސީ ޝަރުޠު

  • މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބޭނެ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައަގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު، އަދާކުރި މަޤާމުގެ ކްލެސިފިކޭޝަނާއި، މުސާރައާއި، މުއްދަތު އެނގޭނެގޮތަށް.)

ނޯޓް: އެޓެސްޓްކޮށްފައިވާ ލިޔުންތައް ހުށަހަޅާއިރު، އެ ލިޔުންތައް އެޓެސްޓްކުރި ފަރާތުގެ ފުރިހަމަ ނަމާއި، މަޤާމާއި، އެޓެސްޓްކުރި ތާރީޚާއި ސޮއި އޮންނަންވާނެއެވެ.

ސުންގަޑި

2015 ފެބުރުވަރީ 4 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ގއ. އަތޮޅު ހޮސްޕިޓަލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 6820070 އެވެ.

30 ރަބީޢުލްއައްޥަލް 1436

21 ޖަނަވަރީ 2015
ހޯދާ