މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފީވަކުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

                   ދިރިއުޅުމަށްޓަކައި މި ރަށުން 3000 އަކަފޫޓުގެ 88 ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު 15 މެއި 2023 އިން 15 ޖޫން 2023 އަށް ހުޅުވާލަމެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ޗާޓުން އެގިވަޑައިގަންނަވާނެއެވެ.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތައް:

v     ދިވެހި ރައްޔިތަކު ކަމުގައިވުން

v     ޢުމުރުން 18 އަހަރުވެފައިވުން

v     ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ލިބިފައި ނެތުން

v     ރާއްޖޭގެ އެއްވެސް ތަނަކުން 1000 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން، އަދި 1000 އަކަފޫޓަށްވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ށ. ފީވަކުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލަން އެއްބަސްވުން

v     ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ދިރިއުޅުމަށްޓަކައި ށ. ފީވަކުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤްރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.)

v     ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފުލެޓެއް ނުވަތަ ރޯހައުސް އެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާފައިވާތާ 2 (ދެއެއް) އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން

                  ވީމާ، ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަ ގޯއްޗަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "ދިރިއުޅުމަށްޓަކައި ށ. ފީވަކުން ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.

14 މޭ 2023
ހޯދާ