މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ވިޔަފާރިކުރުމަށް މިރަށުން ބިންދޫކުރުން

އިޢުލާން

 

ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ވިޔަފާރިކުރުމަށް މިރަށުން ބިންދޫކުރުން

                   މިރަށުން ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް  ވިޔަފާރިކުރުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 4 ބިން ކުއްޔަށް ދިނުމަށް ކިނޮޅަހު ކައުންސިލުން ވަނީ ނިންމާފައެވެ.

                 ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމަތު ސާފުކުރުމަށްފަހު ޕްރޮޕޯޝަލް ހުށައެޅުން އެދެމެވެ.

  • މައުލޫމާތު ދިނުމުގެ ސެޝަން: 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކިނޮޅަހު ކައުންސިލްގައި
  • ޕްރޮޕޯޝަލް ހުށައެޅުން: 1 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ކުރިން ކިނޮޅަހު ކައުންސިލް އިދާރާއަށް

 

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

މުއްދަތު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

ބަތޫތާ މަންޒިލް ދެކުނުން

10 އަހަރު

ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓް ވިޔަފާރި ކުރުމަށް

1200 އަކަފޫޓު ގެ ހަތަރު ބިން

އަކަފޫޓަކަށް މަހަކު 0.50 ލާރި

 

                             މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 1 ޖޫން 2023 ބުރާސްފަތިދުވަހުގެ މެންދުރު ކުރި 10:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިޢުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

11 މޭ 2023
ހޯދާ