ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭސީ އަދި ރެފްރިޖަރޭޝަން ކޯހުގެ އިންސްޓުރަކްޓަރގެ ކެއުމާއި ހުރުން އަދި ދޮވެއިސްތިރި ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން!

ޢިއުލާން

 

އޭސީ އަދި ރެފްރިޖަރޭޝަން ކޯހުގެ އިންސްޓުރަކްޓަރގެ ކެއުމާއި ހުރުން އަދި ދޮވެއިސްތިރިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން!

 

  1. 1.     އޭސީ އަދި ރެފްރިޖަރޭޝަން ކޯހުގެ އިންސްޓުރަކްޓަރގެ ކެއުމާއި ހުރުން އަދި ދޮވެއިސްތިރިކުރުމުގެ އިންތިޒާމް މަހުކުއްޔަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
  2. 2.     ހުރުމާއި ކެއުން:
  • ކޮޓަރި ހުންނަންވާނީ އިންސްޓުރަކްޓަރަށް ޚާއްސަކޮށް އެކަނި އުޅެވޭގޮތަށެވެ.
  • ކޮޓަރީގައި ތިރީގައި މިވާތަކެތި ހުންނަންވާނެއެވެ.

v    އެނދު (ސިންގަލް ނުވަތަ ޑަބަލް ބެޑް) ގޮދަޑިއާއި 03 ބާލީސް އަދި ބެޑްޝީޓް އާއިއެކު.

v    01 އަލަމާރީ، 01 ކުޑަމޭޒް

  • ފާޚާނާއަކީ ކޮޓަރީގެ ތެރެއިން ވަދެވޭގޮތަށް ހުރި ސާފުތާހިރު އެކަށީގެންވާ ފާޚާނާއަކަށް ވާންވާނެއެވެ.
  • އިންސްޓުރަކްޓަރގެ ކެއުމުގެ އިންތިޒާމް ދަތިނުވާގޮތަށް ހަމަޖައްސަންވާނެއެވެ.
  1. 3.     ދޮވެ އިސްތިރިކުރުން:
  • އިންސްޓުރަކްޓަރގެ ހެދުންތައް ދޮވެއިސްތިރި ކޮށްދޭންވާނެއެވެ. ދޮވެ އިސްތިރި ކުރުމަށްފަހު ރޫނުޖެހޭގޮތަށް ކޮނޑުގައި އަޅުވައި އިންސްޓުރަކްޓަރގެ ކޮޓަރިއަށް ގެންދަންވާނެއެވެ.
  • ދޮވެ އިސްތިރިކުރަންވާނީ ހެދުންތަކަށް ގެއްލުންނުވާގޮތަށް ބަލައިގެން ސާފުތާހިރު ކަމާއެކުގައެވެ. އަދި ހެދުމަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމެއް ރަނގަޅުކޮށް ޙައްލުކުރަންވާނެއެވެ.

 

  1. 4.     ޕޮއިންޓް ދިނުމަށް ހަމަޖެގހިފައިވާގޮތް:
  • ހުށަހަޅާ އަގަށް 95 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)
  • ލިބޭ އިތުރު ޙިދުމަތައް 5 ޕޮއިންޓް ( ކޮފީ، ވައިފައި... ފަދަ ކަންކަން)

ވީމާ،  އިންސްޓުރަކްޓަރގެ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްހުށަހެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ. މަތީގައިވާ ކަންތައްތައް ފުރިހަމަ ނުވާނަމަ ބިޑް ބާތިލްވާނެވެ.

 

.ތަފްސީލް:

ތާރީޚް:

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން ( އޮޅުވެލިފުށި ކައުންސިލް އިދާރާ)

16 މޭ 2023

11:00

 

ނޯޓް: ހުށަހަޅާ އެސްޓިމޭޓްތަކަށް ބަލައި އެންމެ ކުޑައަގެއް ހުށަހަޅާފައިވާ ފަރާތަށް މަސައްކަތް ޙަވާލުކުރުމުގެ ކުރިން، އިންސްޓުރަކްޓަރގެ ބެހެއްޓުމަށް ހުށަހަޅާ ކޮޓަރި ކައުންސިލުން ޗެކުކުރުމަށްފަހު އެކޮޓަރި، ދީފައިވާ މިންގަނޑަށް ނުފެތޭނަމަ ދެން އެންމެ އަގު ކުޑަކޮށް ހުށަހަޅާފައިވާ ފަރާތާއި ޙަވާލުކޮށްގެން މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 މޭ 2023
ހޯދާ