މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢި އަގުކޮމިޓީ އެކުލަވާލުން

ނަންބަރު:H13C-A/2023/8

އިޢުލާން 

 

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދު (25 ޖަނަވަރީ 2016) ގެ 09 ވަނަ މާއްދާގެ (ށ) ގެ ދަށުން މިކޯޓުގައި ޝަރުޢީ އަގުކޮމެޓީގެ ދަފްތަރެއް ކުރިޔަށް އޮތް 03 (ތިނެއް) އަހަރަށް އެކުލަވާލަން ބޭނުންވެއެވެ. އެހެންކަމުން ޝަރުޢީ އަގުކޮމެޓީގެ މެންބަރުކަމަށް ހުޅުވާލަމެވެ.

 

ދަފްތަރުގެ ނަން:

ޝަރުޢީ އަގުކޮމެޓީ

ދަފްތަރުގެ މުއްދަތު:

01 ޖޫން 2023 އިން ފެށިގެން 03 (ތިނެއް) އަހަރަށް

މަސައްކަތްކުރަންޖެހޭ ތަން:

މިކޮމެޓީގެ މެންބަރުންނާ މަސައްކަތް ޙަވާލުކުރާނީ ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން

(ނޯޓް: އެހެން ރަށެއްގެ ކޯޓަކަށްވެސް މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ)

އުޖޫރަ އާއި ޢިނާޔަތްތައް:

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)

(ނޯޓް: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ދިނުމުގެ އިތުރަށް، ހުރުމާއި، ކެއުމާއި، ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެ)

އަސާސީ ޝަރުޠު:

1-  ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

2-  ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސައްކަތް:

ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެންބަރަކާ މަސައްކަތް ހަވާލުކުރެވޭނެ

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

1-  އަގުކޮމިޓީގެ މެމްބަރުކަމަށްއެދޭ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ

2-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ސުންގަޑި:

2023 މޭ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިކޯޓުގެ ނަންބަރު 6640331 ފޯނާ ގުޅުއްވުން އެދެން

11 މޭ 2023
ހޯދާ