މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފިސަރ

އިޢުލާނު

 

މަޤާމު:

ޕްރޮކިއުމެންޓް އޮފިސަރ     

މަޤާމުގެ ނަންބަރު:

J-332041

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޯޕަރޭޓް ޑިޕާޓްމަންޓް، ޕްރޮކިއުމަންޓް ސެކްޝަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / މާލެ

މުސާރަ:

6295/- ރުފިޔާ

ސަރވިސް އެލަވަންސް:

2000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ %35 (މަހަކު)
  • ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އާއި މިނިސްޓްރީގެ ޑިޕަރޓްމަންޓް، ސެކްޝަންތަކާއި ޕްރޮޖެކްޓްތަކުން އެދިގެން މުދަލާއި ޚިދުމަތުގެ އަގު -/35000 އާއި -/5000،000 ރުފިޔާ ދޭތެރޭގެ މަސައްކަތްތަކަށް ތައްޔާރުކޮށްގެން ގެންނަ އިއުލާނާއި މައުލޫމާތު ޝީޓް ޗެކްކުރުން.
  2. މިނިސްޓްރީ އާއި މިނިސްޓްރީގެ ޑިޕަރޓްމަންޓް، ސެކްޝަންތަކާއި ޕްރޮޖެކްޓްތަކުން އެދިގެން މުދަލާއި ޚިދުމަތުގެ އަގު -/35000 ރުފިޔާއަށްވުރެ މަތިވާ މަސައްކަތްތަކާ ގުޅޭ އިއުލާނާއި ޓެންޑަރ ޑޮކިއުމަންޓްސްތައް ސަރުކާރުގެ ގެޒެޓްގައި އަޕްލޯޑް ކުރުން. އަދި އެ އިއުލާނު މިނިސްޓްރީ ގެ ވެބަސައިޓުގައި ޝާއިއުކުރުމަށް އައި.ސީ.ޓީ ސެކްޝަނަށް ފޮނުވުން.
  3. އިއުލާން ކޮށްގެން ކުރިޔަށް ގެންދާ ބިޑްތަކުގެ ބިޑް ސެކިއުރިޓީތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި، އެ ބީލަމެއް އެވޯޑްކޮށް ކޮންޓްރެކްޓްގައި ސޮއިކުރުމުން ބިޑް ސެކިއުރިޓީތައް ބީލަންވެރިންނަށް އަބުރާ ރައްދުކުރުން.
  4. ސެކްޝަންގެ އިސްވެރިޔެއްގެ ލަފާގެ މަތިން ސިންގަލް ސޯސް ޕްރޮކިއުމަންޓުން ޓެންޑަރ ބޯޑުން ހުއްދަ ހޯދުމަށް ބަނޑޭރި ޕޯޓަލަށް އަޅަން ބޭނުންވާ ޑޮކިއުމަންޓްސް ތައް ރިކުއެސްޓު ލިބުނު ޑިޕާރޓްމެންޓާ ވާހަކަދައްކައިގެން ހަމަކުރުން.
  5. ޕްރޮކިއުމަންޓް ޕޮލިސީ، ޓެންޑަރ އިވެލުއޭޝަން އެންޑް ޕްރޮސެސިންގ އާ ގުޅިގެން ލިބޭ ސިޓީ، މެމޯ، މެއިލް ފަދަ ލިޔުންތަކަށް އިސްވެރިޔެއްގެ ލަފާގެ މަތިން ދޭންޖެހޭ ޖަވާބު ދިނުން.
  6. ބީލަންވެރިއެއް މައްސަލަ ހުށަހެޅުމުން، މައްސަލަ ލިބޭތާ 7 ދުވަސް ތެރޭގައި ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތިން ޖަވާބު ލިޔުމަށްފަހު، ޕްރޮކިއުމަންޓްގެ އިސްވެރިޔާގެ ސޮއި ހޯދާ ފޮނުވުން.
  7. ޕްރޮކިއުމަންޓް ސެކްޝަންގެ ބޭނުމަށް ފުރިހަމަ ކުރަންޖެހޭ ބިޑިންގް ވޯކްސްގެ ޝީޓް ފުރިހަމަކޮށް ބެލެހެއްޓުން.
  8. އިޢުލާން ކޮށްގެން ކުރިޔަށްގެންދާ ބިޑްތަކުގެ ބިޑު އޯޕެނިންގ އަދި ޕްރީބިޑް މީޓިންގ ޝެޑިއުލްކޮށް، މީޓިންގ ރޫމް ބުކްކޮށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  9. ބީލަންތަކާ ބެހޭ ގޮތުން ބާއްވާ ޕްރީބިޑް މީޓިންގ ތަކުގެ ޔައުމިއްޔާ ކޭސް ރިޕްރެސެންޓިވް ލައްވާ ލިޔުވުމަށް ފަހު ފައިނަލައިޒްކޮށް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރުމަށް އައި.ސީ.ޓީ ސެކްޝަނަށް ފޮނުވުން
  10. މިނިސްޓްރީ އިން ކޮންމެ މަހަކު އެވޯޑު ކުރާ ޕްރޮކިއުމަންޓް ތަކުގެ ތެރެއިން މާލިއްޔަތުގެ ގަވައިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓުތަކުގެ ތަފްސީލް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުން.
  11. މިނިސްޓްރީގެ ޕްރޮކިއުމެންޓް ސެކްޝަން މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތަކުގެ ކޭސްފައިލް ތައްޔާރުކޮށް، ބީލަމުގެ ކޮންމެ މަރުހަލާއެއްގައި ކޭސް ފައިލް އަދާހަމަކުރުން.
  12. ޕްރޮކިއުމަންޓް ޕޮލިސީ، ޓެންޑަރ އިވެލުއޭޝަން އެންޑް ޕްރޮސެސިންގ އާ ގުޅޭ ގައިޑްލައިންތައް ހެދުމަށް ސެކްޝަންގެ އިސްވެރިޔާއަށް އެހީތެރިވެދީ އަދި ފައިނަލައިޒްވާ ގައިޑްލައިންތައް ޑިޕާޓްމެންޓުތަކުގެ މައުލޫމާތަށްޓަކައި ފޮނުވުން.
  13. ބަނޑޭރިޕޯޓަލް އަށް އަޕްލޯޑްކޮށްފައިވާ ކޯޕަރޭޓް ޑިޕާޓުމެންޓުގެ ކޮންޓްރެކްޓް މެނޭޖްކުރުން.
  14. މިނިސްޓްރީ ގެ ބީލަމަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް ގެ "ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން" ބީލަމާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް އެދުމުން އެ ލިޔެކިޔުންތައް ހަމަކޮށް އެ ފަރާތްތަކާ ހަވާލުކުރުން.
  15. މިނިސްޓްރީގެ ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީގެ ޑިޕާރޓްމެންޓުތަކާއި، މިނިސްޓްރީއާ ގުޅިފައިވާ އޮފީސްތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.
  16. ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގެ ހުރިހާ ޓެންޑަރ ކޭސް ފައިލް ކްލޯޒްކޮށް، މަސައްކަތް ހަވާލު ނުކުރެވި ހުރި ބީލަންތައް ޖެހިގެން އަންނަ އަހަރު އިތުރަށް ކުރިއަށް ގެންދޭތޯ ބަލަން ކަމާ ބެހޭ ޑިޕާޓުމެންތަކުން އޮޅުން ފިލުވުން.
  17. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  18. މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ދުވަހުން ދުވަހަށް ފުރިހަމައަށް އެއްބާރުލުން ދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ  
  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ފައިނޭންސް  
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިންތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން   

ކޯ ޑިސިޕްލިންތައް:

  • ނެތް

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މޭ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 21 މޭ 2023 އާއި 01 ޖޫން 2023 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327،3018328 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 މޭ 2023
ހޯދާ