ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޘްކޮށްދިނުމުގެ ޕްރޮގްރާމާއި ގުޅޭ

ރާއްޖޭގެ ހުރިހައި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރްއާނިލް ކަރީމްއިން ޙިފްޡްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ރޭވިފައެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޕާސަނަލް ޑިވެލޮޕްމަންޓް ބައިތައްވެސް ހިމަނައިގެން ކަމުގައި ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރްއާނިލް ކަރީމްއިން ވަނީ އަންގާފައެވެ.

     8 އަހަރުން މަތީގެ ދަރިވަރެއް ކަމުގައިވުން.

    ޤުރްއާން ޙިފްޡްކުރުމަކީ ގޮންޖެހުން ބޮޑު އަދި ކެތްތެރިކަމާއި ހިތްވަރު ބޭނުންވާނެ ކަމަކަށްވާތީ މިފަދަ އަޒުމެއްގެވެރި ދަރިވަރަކަށްވުން.

    ޚަތިމްގެ ހުރިހައި ހިސާބަކުން ފަރިތަކޮށް ކިޔަންއެނގޭ އަދި ތަޖްވީދުގެ ހަމަތައް ފުދޭ މިންވަރަށް އެނގޭ ދަރިވަރަކަށްވުން.

              ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ މަތީގައި ދެންނެވިފައިވާ ޝަރުތު ހަމަވާ ދަރިވަރުން 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލުގައި ނަންނޯޓް ކުރެއްވުން އެދެމެވެ.

10 މޭ 2023
ހޯދާ