ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ސެޓްފިކެޓް ލެވެލް 2 ގެ ކޯހެއް ހިންގުމާއި ގުޅޭ

މިކައުންސިލާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައެންސަސް (މިންސް) ގުޅިގެން ނިޔަމި ސެޓްފިކެޓް ލެވެލް 2 ގެ ކޯހެއް 08 ޖޫން 2023 ވާ (ބުރާސްފަތި) ދުވަހު ލ.އިސްދޫ ގައި ފެށުމަށް ވަނީހަމަޖެހިފައެވެ.

ކޯހުގެ މުއްދަތު:  08 ޖޫން 2023 އިން 11 ޖޫން 2023 އަށް. (30 ގަޑި އިރު)

ކޯހުގައި ކިޔަވައިދޭނީ: ނެވިގޭޝަން، ޤަވާއިދު، ސަލާމަތާއި ރައްކާތެރިކަން، މުޢާޞަލާތީ ވަސިލަތްތައް.

ކޯހުގެ ފީ:  

  • ބައިވެރިންގެ އަދަދު 15 އަށްވުރެ ގިނަނަމަ (ބައިވެރިޔަކަށް):  1,800 ރުފިޔާ.
  • ބައިވެރިންގެ އަދަދު 15 އަށްވުރެ މަދުނަމަ (ބައިވެރިޔަކަށް):  2,000 ރުފިޔާ.

ބައިވެރިންގެ ތައުލީމީ ފެންވަރު: ލިޔަން ކިޔަން އެނގުން. އަދި އެއްކޮށް، ކަނޑައި، ގުނަކޮށް، ގެއްލަން އެނގުން.

ބޭނުންވާނެ ތަކެތި: އައި،ޑީ ކާޑު ކޮޕީ. ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، 1 ފޮތް، 1 ގަލަން.

ވީމާ، މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މެއި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން  މިކައުންސިލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9888839 ، 6800920 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ. 

10 މޭ 2023
ހޯދާ