މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް، ދަނޑުބިން ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރުން

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް، ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2023/41 އިޢުލާނާއިގުޅިގެން އެކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ޕޮއިންޓް ލިބުނުގޮތުގެ ޝީޓާއި، ދަނޑުބިން ލިބުނު ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.

ވީމާ، މިލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 16 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން އެޝަކުވާއެއް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.

10 މޭ 2023
ހޯދާ