މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެމް.އެސް 1

ރޭންކު:

ސީނިއަރ އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:
އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޝަން ސަރވިސް:

ދާއިމީ

މަޤާމުގެ ގިންތި:

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ އޮފީސް / އިދާރާ:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން:
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ ވަޒީފާއަދާކުރަން ޖެހޭ ތަން:
5,610.00 ރުފިޔާ (މަހަކު) މުސާރަ:
2,000.00ރުފިޔާ (މަހަކު) ސަރވިސް އެލެވަންސް:
1 ބޭނުންވާ އަދަދު:
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

 

  1. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 78 ވަނަ ނަންބަރުގައިވާ ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތުތައް އަދާކުރުން.
  2. ދިވެހި ސިވިލް ސަރވިސް ޤާނޫނުގައި ޒިންމާދާރު ވެރިޔާއާ ގުޅުންހުރި އެންމެހައި މަސްޢޫލިއްޔަތުތައް އަދާކުރުން.
  3. ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 10 ގައިވާ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތުތައް އަދާކުރުން.
  4. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާދާރުވެރިޔާ އުފުލަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
  5. މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ ހިންގުމުގެ ގަވާއިދުގައި ޒިންމާދާރުވެރިޔާ އުފުލަންޖެހޭ އެންމެހައި މަސްޢޫލިއްޔަތުތައް އަދާކުރުން.
  6. ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން ނެރުއްވާ ޒިންމާދާރުވެރިޔާއާ ގުޅުންހުރި އެންމެހައި ސަރކިއުލަރތަކާއި، ސިވިލް ސރަވިސް ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އިޖާބަދީ، އެކަންކަން ރާވައި ހިންގުން.
  7. ރަށު ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައްކުރުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ އެލަވަންސާއި، ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެއެވެ.

އުޖޫރާއާއި ޢިނާޔަތް:
  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވަ އިންޓަވިއު އޮންނަ ތަނާއި، ތާރީޚާއި، ދުވަހާއި، ގަޑި، މަސައްކަތު 5 ދުވަހުގެ ކުރިން، އެޕްލިކޭޝަން ހުށައަޅާފައިވާ ފަރާތްތަކަށް މި ކައުންސިލުން އަންގާނެއެވެ.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

2015 ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން، ކިނޮޅަހު ކައުންސިލްގެ އިދާރާއަށް އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކިނޮޅަހު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް ww.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވަފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ކިނޮޅަހު ކައުންސިލްގެ 6580073 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580073 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 އިތުރު މަޢުލޫމާތު:

27 ރަބީޢުލްއައްވަލް 1436

18 ޖަނަވަރީ 2015
ހޯދާ