ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންޕްލާންޓްގެ އިމާރާތް ޤާއިމްކުރަމުންދާ ބިމުގެ އިރަށް އޮތް ބިމުގައި ހުރި ރުއްގަހުގެވެރިން ހޯދުމާއިގުޅޭ

މިރަށު ފެންޕްލާންޓްގެ އިމާރާތް ޤާއިމްކުރަމުންދާ ބިމުގެ އިރަށް އޮތް ބިމުގައި  ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށްޓަކައި ރުއްގަހުގެ ވެރިން ހޯދުމަށް، އެ ބިމުގައިހުރި ރުއްތަކުގައި މިހާރުވާނީ ހުދުކުލައިގެ ދަވާދުން، 01 އިން 13 އަށް، (ހިސާބް އަކުރުން) ނަންބަރު ޖަހާފައެވެ.

           ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓު ކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 16 މެއި 2023 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް  ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ރުއްގަހުގެ ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. 

         "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މި ކައުންސިލްގެ ކައުންޓަރ އިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.

 

09 މޭ 2023
ހޯދާ