ގުޅީ ސްކޫލް
ދިވެހިރާއްޖެ
ކ. ގުޅީ ސްކޫލުގައި މުވައްޒަފުން ބޭނުންކުރުމަށް 2 ފާޚާނާ އިމާރާތްކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކ. ގުޅީ ސްކޫލުގައި މުވައްޒަފުން ބޭނުންކުރުމަށް 2 ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. އެގޮތުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 މޭ 14 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ލިންކް (https://myoffice.gulheeschool.edu.mv/forms) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މޭ 15 ވާ ހޯމަ ދުވަހުގެ 11:00 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 މޭ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2023 މޭ 17 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގުޅީ ސްކޫލް

ކ. ގުޅި / ދިވެހިރާއްޖެ

ފޯން: 6642512

އީ-މެއިލް: [email protected]

 

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މޭ 2023
ހޯދާ