މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ 12 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް

 

އިޢުލާން

 

އަންދާސީ ހިސާބު  ބޭނުންވެއްޖެ 

މި މިނިސްޓްރީއަށް ބޭނުންވާ 12  ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއެވެ. 

ކޮމްޕިއުޓަރ ސިސްޓަމް ގެ މަޢުލޫމާތު މިއިޢުލާނާ އެކީ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ،ތިރީގައި ދެންނެވިފައިވާ މަޢުލޫމާތާ އެއްގޮތަށް މިތަކެތި މިނިސްޓްރީ އަށް ސަޕްލައިކޮށް ދެއްވުމަށް ޝައުޤުވެރިވެއްލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުގައި ބީލަން ހުށައެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ. 

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

ބީލަން ހުށައެޅުން

15 މޭ 2023 (ހޯމަ)

 

11:00

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރި ނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

        އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3036905 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

                     18 ޝައްވާލް 1444 

 
08 މޭ 2023
ހޯދާ