މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ނޫސްވެރިކަމުގެ އިނާމު 2022" ގެ ފަނޑިޔާރުކަން ކޮށްދޭނެ ފަރާތްތައްކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ވަޒަންކުރަން ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. ވީމާ، މިޕޫލްގައި ރަޖިސްޓްރީވުމަށް މިދާއިރާގެ މަސައްކަތްކުރަށްވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަޤާމު:

ފަނޑިޔާރުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކ. މާލެ

މުސާރަ:

5000 ރުފިޔާ 

އެހެނިހެން އެލަވަންސް

ހަމަޖެހިފައިވާ އުޞޫލުން ފަޑިޔާރެއް ނިސްބަތްވާ ޕެނަލްއަކުން މާރކް ކުރާ ކޮންމެ އުފެއްދުމަކަށް 150 ރުފިޔާ ރޭޓޫން ދެވޭނެއެވެ.

ޝަރުޠުތައް:

 

  1. މީޑިއާ ނުވަތަ ޖާނަލިޒަމް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ފަޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. މުސްލިމަކުކަމުގައިވުން.
  3. ދިވެހި ރައްޔިތެއްކަމުގައިވުން.
  4. ބުއްދި ސަލާމަތުން ހުރުން.
  5. އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން.
  6. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  7. ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮވެ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުންނުދާ މީހަކު ކަމުގައި ނުވުން.
  8. ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކުކަމުގައި ނުވުން.
  9. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް، ނުވަތަ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 'ނޫސްވެރިކަމުގެ އިނާމް 2022' ގެ އެވޯޑަށް ނަން ހުށަހެޅި ފަރާތްތަކުގެ ލިޔުންތެރިކަމުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް މާކްސް ދީ ނިމުމުން ކައުންސިލަށް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  2. ކައުންސިލުން ހަވާލުކުރެވޭ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން ކައުންސިލަށް އަނބުރާ ރައްދުކުރަންވާނެއެވެ.
  3. ފެންވަރުބަލައި މަސައްކަތް ވަޒަންކޮށް ފަނޑިޔާރުން މާކުސް ދެއްވުމުގައި ނަޒާހާތްތެރިކަމާއި ތެދުވެރިކަމާއި، ހަމަހަމަކަމާއި އެކު ހަޤީގަތާއި އެއްގޮތައް އިންސާފުވެރިކަމާއި އެކު މިންކުރުން.
  4. އިނާމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި ލިއުންތައް ކައުންސިލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ނިންމަންވާނެއެވެ.
  5. އިނާމަށް ހުށަހެޅި ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޓްކޮށް ނިމޭތާ 10 ދުވަސް ތެރޭގައި "ފަނޑިޔާރުންގެ ރިޕޯޓް" ކައުންސިލަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ކަންކޮށްފައިވާގޮތާއި ދިމާވި ދަތިތަކާއި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރާނެ ކަންކަން ހިމަނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުންނާއި  (www.mmc.org.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގެ މަރުކަޒަކުން ހޯދާފައިވާ ސެޓްފިކެޓެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރު މަރުކަޒަކުން ނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކުރަން ޖެހޭނެއެވެ)
  5. ލިބިފައިވާ ތަޖުރިބާތަކުގެ ރެފެރަންސް ސިޓީގެ ކޮޕީ.

އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތައުލީމް (%40)

ތަޖުރިބާ (%60)

އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (22 މެއި 2023) ގެ (13:00) ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމުތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީޑީއެފް (PDF) ފޯމެޓްގައި މެއިލް ކޮށްދެއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

08 މޭ 2023
ހޯދާ