ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޙިފްޡު ކްލާސްތަކަށް ވަނުމަށް އިތުރު ފުރުޞަތު ހުޅުވާލުން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކުރިއަށްގެންދާ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަށާއި، ކުޑަކުދިންގެ ޙިފްޡު ކުލާސްތަކަށާއި ބޮޑެތި މީހުންގެ ޙިފްޡު ކްލާސްތަކަށް ވަނުމަށް އިތުރު ފުރުޞަތު ހުޅުވާލަމެވެ.

500 ޙާފިޡުންގެ ޕްރޮގްރާމް

ޝަރުޠު:     

1- ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގުން.

2- ޢުމުރުން 7 އަހަރާއި 25 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުން ފާސްވުން.

ކުޑަކުދިންގެ ޙިފްޡު ކުލާސްތައް

ޝަރުޠު:

1- ޢުމުރުން 7 އަހަރު ފުރިފައިވުން.

2- ކީރިތި ޤުރްއާންގެ ކޮންމެ ތަނެއްވެސް ބަލައިގެން ފަރިތަކަމާއެކު ކިޔަން އެނގުން.

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

ބޮޑެތި މީހުންގެ ޙިފްޡު ކުލާސް

ޝަރުޠު:     

1- ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގުން.

2- ޢުމުރުން 18 އަހަރު ފުރިފައިވުން.

3- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުން ފާސްވުން.

ވީމާ، މިކްލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން މިމަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. މި ކްލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު މިމަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ. 500 ޙާފިޡުންގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީކޯސް ފުރިހަމަކޮށްފައިވާ ހަގު އުމުރުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ބޮޑެތި މީހުންގެ ޙިފްޡު ކްލާހަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

23 ރަބީޢުލްއައްވަލް 1436         

14 ޖަނަވަރީ 2015
ހޯދާ