ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ހިރިލަންދޫ މަގުބައްތި ޖެހުމަށް ބޭނުންވާ މަގުބައްތި ހޯދުން

މި އިޢުލާންވަނީ 30 އޭޕްރިލް 2023 09:46 ގައި ބާތިލް ކުރެވިފައެވެ.


މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ދެކަފި 11 މަގުބައްތިއާއި އާދައިގެ 15 މަގުބައްތި ދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ވޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  27 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 07 މެއި 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.

 

ތަން

ތާރީހް

ދުވަސް

ގަޑި

ޕްރީ-ބިޑް މީޓިންގ

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

08 މެއި 2023

ހޯމަ

11:00

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

10 މެއި 2023

ބުދަ

11:00

         

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

27 އޭޕްރިލް 2023
ހޯދާ