ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި މަރުކަޒުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

  1. ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި މަރުކަޒުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 އެޕްރީލް 2023 އިން 08 މެއި 2023 އަށް (ސަރުކާރު ބަންދު ދުވަސް ފިޔަވައި) ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 14:00އަށް މި ސްކޫލަށް ދުރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

-          އީމެއިލް އިން ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ.

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 މެއި 2023 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 10 މެއި 2023 ވާ ބުދަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 17 މެއި 2023 ވާ ބުދަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  4. ނޯޓް: ބީލަން ހުށަހެޅުމާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. ތިނަދޫ

ފޯން: 6840002 / 9972577

އީ-މެއިލް: [email protected]

06 ޝައްވާލް 1444

26 އެޕްރީލް 2023

26 އޭޕްރިލް 2023
ހޯދާ