މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާގެ ވެބްސައިޓް ހެދުން

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާގެ ވެބްސައިޓް ހެދުން: 

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ޙަރަދުގައި ކައުންސިލްގެ ވެބްސައިޓް ފަރުމާކޮށް އަޕްލޯޑް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 2023 މެއި 04ވާ ބުރާސްފަތި ދުވަހުގެ 11:00ގައި، ބ. މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖިސްޓްރީ ވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގޫޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2023މެއި 4 ވާ ބުރާސްފަތި  ދުވަހު  13:00 ގެ ކުރިން ބ. މާޅޮހު ކައުންސިލްގެ އިދާރާއަށް ދުރުވެ، މެއިލްގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.

ފޯން ނަންބަރ: 6600056

އީމެއިލް: [email protected]

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2023މެއި 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބ. މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވާނީ މި ޢިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައެވެ.

އިތުރު މާޢުލޫމާތު:

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ބ.މާޅޮސް، ދިވެހިރާއްޖެ

ފޯން ނަންބަރ:     9555951  އީމެއިލް: [email protected]

26 އޭޕްރިލް 2023
ހޯދާ